އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މުބީން އައްޔަން ކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މުބީން އައްޔަން ކޮށްފި

އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އަދި ބޯޑު މެންބަރުކަމަށް އަހްމަދު މުބީން އައްޔަންކޮށްފި އެވެ.

މުބީނަކީ މި ސަރުކާރުގައި ފުރަތަމަ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުުރެއްވި ބޭފުޅާ އެވެ. ނަމަވެސް ސަރުކާރުން އެ ކުންފުނި އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ނިންމެވުމާ ގުޅިގެން، ނިމުނު އަހަރު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާ ދެއްވި ފަހުން މުބީން ބޮޑަށް ފެނިގެންދިޔައީ ކުޅިވަރުގެ ދާއިރާ އިންނެވެ. ނިއުރޭޑިއެންޓްގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެން، އެ ކްލަބަށް ބޮޑު ކާމިޔާބެއް ހޯދައިދެއްވި އެވެ.

ސިޔާސީ ގޮތުން ބަލާ ނަމަ، މުބީން ފުރަތަމަ ފެނިވަޑައިގެންނެވީ 2014 ވަނަ އަހަރު ބިލެއްދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި ރައްޔިތުންގެ 18 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވެ.

އެމްޓީސީސީން ވަނީ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް މުބީން އައްޔަން ކުރުމާ ގުޅިގެން މަރުހަބާކިޔާފައެވެ. އެގޮތުން، މުބީންގެ ތަޖުރިބާ އާއި ލީޑަރޝިޕްގެ ދަށުން އެ ކުންފުނި ކާމިޔާބީގެ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *