ބާސާއަށް ލަލީގާގެ ޗެމްޕިއަންކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ

ބާސާއަށް ލަލީގާގެ ޗެމްޕިއަންކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ

ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދުމާ ބާސެލޯނާ ދެ ޕޮއިންޓުގެ ފަރަގަށް ތިރިވެއްޖެ އެވެ.

ކޯޗު ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާ ވަނީ ރޭ އޮސަސޫނާ އާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބުކޮށްފަ އެވެ. މި ނަތީޖާ އާ ހަމަ އަށް، ލީގުގައި 34 މެޗު ކުޅެ ބާސެލޯނާ ވަނީ ޖުމްލަ 88 ޕޮއިންޓް ހޯދާ ލީގު ތާވަލުގެ އެއް ވަނަ ހަރުދަނާ ކޮށްފަ އެވެ.

ވާދަވެރި ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 33 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ. ބާކީ ކުޅެން ހުރި 5 މެޗު ހުރިހާ ވެސް ކާމިޔާބުކޮށްފި ނަމަ ވެސް ރެއާލް މެޑްރިޑަށް ލިބޭ ޕޮއިންޓް 89 ގައި ހުއްޓި، ބާސެލޯނާ ދެ ޕޮއިންޓު ދެ ވަނަ ފަހަރަށް ވެސް ކުރީގައި ހިފަހައްޓައިގެން ތިބޭނެ ސިނާރިއޯ ހެދިގެންދެ އެވެ. އިތުރަށް، ރެއާލް މެޑްރިޑް މިއަދު އެސްޕަނިއޯލް ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެ ނަމަ ބާސެލޯނާ ޗެމްޕިއަންކަން ކަށަވަރުވެގެންދާނެ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި ހަމަހަމަ ވެގެންނެވެ. ބާސެލޯނާ ކުރިއަށް ޖެހިލީ 81 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ލަނޑަކުންނެވެ. މިއީ މި ސީޒަނުގައި ލީގުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ. ދެ ވަނަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތަށް ދަނޑަށް ނިކުތް ފެރާން ޓޮރޭސް ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަ ވާން ހަތަރު މިނިޓު ވެފައި ވަނިކޮށެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން އޮސަސޫނާގެ ރައުލް ގާސިއާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *