މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްއާންގެ ފޮޓޯ ބޭނުންކޮށްގެން، މީހެއްގެ މަރާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ލަމްއާން މި މޭރުމުން ވިދާޅުވީ، "ހަސަން ކުރުސީ" ގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. ލަމްއާން ވިދާޅުވީ، އިންސާނެއްގެ މަރާ ގުޅުވައިގެން އޭނާގެ ފޮޓޯ ޖަހައިގެން ފަތުރަމުންދާ މިފަދަ ދޮގު މަޢުލޫމާތުތައް ހަރުކަށި އިބާރާތުން އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެ އެކައުންޓުން ވަނީ މި މަހުގެ 21 ވަނަ ދުވަހު ދަންޖެހިގެން އަމިއްލައަށް މަރުވި ގއ. ވިލިނގިލި / ހިކިދުބުރިމާގެ އަޙްމަދު ޢަމްރޫގެ މަރާއި އެމްއޭސީއެލްގެ މުވައްޒަފުން އޭނާއަށް ބުލީކުރުމާއި ގުޅުވައިގެން ވާހަކަދައްކައިފައެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، އެމްއޭސީއެލްގެ ސީނިއަރ ލީޑަރޝިޕުން އެ ކުންފުނީގެ މުވައްޒަފުންނަށް ޢަމްރޫގެ ޖަނާޒާއަށް ނުދިއުމަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.





