524 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން ހަރުމުދަލެއް ނުވިއްކަން، ލޯނެއް ނުނަގަން: ރައީސް

524 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން ހަރުމުދަލެއް ނުވިއްކަން، ލޯނެއް ނުނަގަން: ރައީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދެއްކީ ހަރުމުދަލެއް ނުވިއްކާ، އިތުރު ލޯނެއް ނުނަގާ ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އއ. އުކުޅަހާއި ތޮއްޑޫ، އަދި ރަސްދޫ އިން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރަސްދޫގައި ބޭއްވި ހަފްލާ އެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏަކީ އަދާ ކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި ނެގި ދަރަންޏެކެވެ. "އެ ބޮޑު ދަރަނި ދެއްކީ ދިވެހީންގެ ހަރުމުދަލެއް ނުވިއްކާ، ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް ނާޅުވާ، އަމިއްލަ ބާރުވެރިކަމުގައި" ރައީސް ވިދާޅުވި އެވެ.

ސުކޫކު ދެއްކުމާއެކު ގައުމުގެ މުހިންމު ބިނާތައް ރަހުނުން ސަލާމަތްވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ކުރީ ސަރުކާރުތަކުން ލޯނު ނަގާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލާއި، ސުކޫލު އިމާރާތްތަކާއި، ދައުލަތުގެ މުހިންމު ތަންތަން ރަހުނު ކުރުމަށް ފަހު ކަމަށާއި، މާލޭގެ 11 ސުކޫލެއް ވެސް ވަނީ ރަހުނު ކޮށްފައި ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ސުކޫކު އަނބުރާ ދެއްކުމާ އެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެ، އާމްދަނީ އިތުުރުވެފައިވާ ކަމަށް މާލީ ވުޒާރާ އިން ވެސް ވަނީ ހާމަ ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *