ޗައިނާގެ ރައީސް ޝީ ޖިންޕިން އަކީ ވަރަށް ވިސްނޭ، ގަދަރުވެރި ބޭފުޅެއް ކަމަށާއި، ބައްދާލާ ކޮލުގައި ލޯބިން ދޮނެ ނަގާ ހިތްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ، ޗައިނާ ދަތުރުފުޅަށް ވަޑައިގަތުމުން ރައީސް ޝީ ވަރަށް ހޫނު މަރުހަބާ އެއް ކިޔުއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. "އަޅުގަނޑު އެތަނަށް ދިއުމުން ރައީސް ޝީ އަޅުގަނޑުގެ ގައިގައި ވަރަށް ބާރަށް ބައްދާލާނެ، އަދި އަޅުގަނޑު ވެސް ބާރަށް ބައްދާލާނަން، ކޮލުގައި ދޮނެއް ވެސް ދޭނަން" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނަށް ހަތިޔާރު ސަޕްލައި ނުކުރުމަށް ޗައިނާ އިން އެއްބަސްވެފައިވާ ކަމަށާއި، އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ސްޓްރެއިޓް އޮފް ހޯމޫޒް ދާއިމީ ގޮތެއްގައި ހުޅުވާލުމަށް އެމެރިކާ އިން ނިންމި ނިންމުމާ މެދު ޗައިނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިވާ ކަމަށް ވެސް ޓްރަމްޕް ހާމަ ކުރެއްވި އެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވި އެވެ.
ސިޔާސީ ދާއިރާގެ މާހިރުން ދެކޭ ގޮތުގައި، މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށާއި އެމެރިކާ-ޗައިނާ ގުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެކެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ރަސްމީ ބަހެއް ވަނީ އަދި ހާމަ ކޮށްފައި ނުވެ އެވެ.





