ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބުނު އާމްދަނީ 30 ޕަސެންޓް އިތުރު

ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބުނު އާމްދަނީ 30 ޕަސެންޓް އިތުރު

މާލެ، 12 އެޕްރީލު 2026

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަރަށް ބޮޑަށް ކުރިއަރައިފި އެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ދެ ބާވަތުން ލިބިފައިވާ ޖުމުލަ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓް އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 1.1 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ވެ އެވެ. ނަމަވެސް 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 871 މިލިޔަން ރުފިޔާ އެވެ.

ދެ ބާވަތަށް ވަކިން ބަލާއިރު، ޑިޕާޗަރ ޓެކްސްގެ ގޮތުގައި ފުރަތަމަ ތިން މަހު ލިބިފައިވަނީ 563 މިލިޔަން ރުފިޔާ ކަމަށް ވާ އިރު، 2025 ވަނަ އަހަރުގެ ތިން މަހު ލިބިފައިވަނީ 435 މިލިޔަން ރުފިޔާ ކަމަށް ވެ އެވެ. ވީމާ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ 29.4 ޕަސެންޓް އިތުރުވެފަ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 2025 ވަނަ އަހަރު 437 މިލިޔަން ރުފިޔާ ހުރިތަނުން، 2026 ވަނަ އަހަރު 573 މިލިޔަން ރުފިޔާ އަށް ވަނީ ބަދަލުވެ، 31.2 ޕަސެންޓް ކުރިއަރައިފަ އެވެ.

ވިދިވިދިގެން ދެ ކުއާޓަރުތަކުގެ ތަފްސީލު

2025 2026 ބަދަލު
ޑިޕާޗަރ ޓެކްސް 435 މިލިޔަން 563 މިލިޔަން +29.4%
އެއާ.ޑިވެލޮ. ފީ 437 މިލިޔަން 573 މިލިޔަން +31.2%
ޖުމްލަ 871 މިލިޔަން 1.1 ބިލިޔަން +30%

ރާއްޖެ ދޫކޮށް ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ދެ ބާވަތެއްގެ ފީ ނެގެ އެވެ. ޑިޕާޗަރ ޓެކްސް ތައާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. ދެ ފީ އިންވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުން އިސްތިސްނާ ވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *