ކަނޑުމަހުގެ މަސްވެރިކަމަށް ތާރީޚީ ރޭޓިންގެއް، "ބެސްޓް ޗޮއިސް"ގެ ލަގަބު ލިބިއްޖެ

ކަނޑުމަހުގެ މަސްވެރިކަމަށް ތާރީޚީ ރޭޓިންގެއް، "ބެސްޓް ޗޮއިސް"ގެ ލަގަބު ލިބިއްޖެ

މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އިޢުލާންކޮށްފައިވާ ރޭޓިންގްތަކުގައި، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގއެއް ކަނޑައަޅައިފިއެވެ.

"ސީފުޑް ވޮޗް"ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަ ކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގ ދިން ފުރަތަމަ ފަހަރު ކަމުގައި ވުުމުން، މިއީ ރާއްޖެއަށާއި ދުނިޔޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ތާރީޚުުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މި ރޭޓިންގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން، ދެމެހެއްޓެނިވި "ބެސްޓް ޗޮއިސް"ގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭ ގޮތުން ކަންބޮޑުވުުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ މަސްވެރިކަމުގެ ހަރަކާތްތައް ވަނީ ސަރަހައްދީ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ނަމޫނާ ދެމެހެއްޓެނިވި ހަރަކާތްތަކެއްގެ ގޮތުގައި ބަލައިގެންފައެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ވިދާޅުވީ، 2016 ވަނަ އަހަރުން ފެށިގެން ފާއިތުވި 9 ވަރަކަށް އަހަރު ދިވެހިރާއްޖޭން ކުރި ބުުރަ މަސައްކަތް ކާމިޔާބުވި ކަމުގައެވެ. ދިވެހިރާއްޖޭގެ މަސްވެރިކަން، ސަރަހައްދުގެ އެހެން ޤައުމުުތަކުގެ މަސްވެރިކަމާ ތަފާތުކޮށް ސިފަކޮށް، ސީފުޑް ވޮޗްގެ ބޭފުުލުުންނާ ތަކުރާރުކޮށް ބައްދަލުުކޮށް، ހެކިތައް ހުށަހަޅަމުުން ކުރި ދިގު މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުުވިއެވެ.

"ހައިއެންޑް މާކެޓުުތައް ލިބޭ މިންވަރަކަށް، ވިއްކޭ މަހުުގެ އަގު ބޮޑުުވެ، އެ ފައިދާ ސީދާ މަސްވެރިންނާ ހަމައަށް ފޯރާނެ" ސިނާން ވިދާޅުުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *