އީރާން ނައްތާލަން އަހަރެމެން ބޭނުން ވަނީ އެންމެ ރެއެއް، އެއީ މާދަމާ ރޭ ކަމަށްވެސް ވެދާނެ: ޓްރަމްޕް

އީރާން ނައްތާލަން އަހަރެމެން ބޭނުން ވަނީ އެންމެ ރެއެއް، އެއީ މާދަމާ ރޭ ކަމަށްވެސް ވެދާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ވެއްޖެނަމަ އެންމެ ރެއެއްގެ ތެރޭގައި އީރާން އެއްކޮށް ނައްތާލައި ބިމާ ހަމަކޮށްލެވިދާނެ ކަމަށެވެ. އަދި އެކަން ކުރާ ރެއަކީ "މާދަމާ ރޭ" ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިދިޔަ ހަފްތާގައި އީރާނަށް ވައްޓާލި އެމެރިކާގެ މަތިންދާބޯޓެއްގެ ޕައިލެޓަކު ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަންގެ ސިއްރު މައުލޫމާތު ތަކެއް ލީކުކޮށްލާފައި ވާތީ، އެކަން ކުރި ފަރާތެއް ހޯދުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން މިހާރު ދަނީ ވަރަށް ސީރިއަސްކޮށް ކުރަމުންނެވެ.

އަދި ގެއްލިފައިވާ އެމެރިކާގެ ދެވަނަ ސިފައިންގެ މީހަކު ހޯދުމަށް ހިންގި ދެވަނަ ރެސްކިއު އޮޕަރޭޝަންގައި 155 އަސްކަރީ މަތިންދާ ބޯޓު ބޭނުން ކޮށްފައިވާ ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ. މީގެތެރޭގައި 4 ބޮންއަޅާ ބޯޓާއި، 64 ފައިޓަރ ޖެޓާއި، އަދި ވައިގެ ތެރޭގައި ތެޔޮއަޅައިދޭ 48 ބޯޓު ހިމެނެއެވެ. މީގެ އިތުރުން ސްޕެޝަލް ފޯސަސްގެ 200 އެއްހާ ސިފައިން މީހުން ސަލާމަތް ކުރުމުގެ މި އޮޕަރޭޝަންގައި ހަރަކާތްތެރި ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގެ އަސްކަރީ އޮޕަރޭޝަންތަކާ ހަވާލުވެހުރި އެމެރިކާގެ ސެންޓްކޮމް އިން ވަނީ، އޭޕްރީލް 2 ވަނަ ދުވަހު ކޮނޑަށް ލައިގެން ފޮނުވާލި މިސައިލަކުން ވައްޓާލި އެމެރިކާގެ އެފް-15އީ ޖެޓުގައި ތިބި ދެ ސިފައިން މިހާރު ސަލާމަތް ކުރެވިފައިވާކަން ކަށަވަރު ކޮށްދީފައެވެ.

މި އަހަރުގެ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި މިހާތަނަށް 1,340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެތެރޭގައި އީރާނުގެ ކުރީގެ ސްޕްރީމް ލީޑަރ އާޔަތުالله އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޓްރަމްޕްގެ މި ހަރުކަށި ބަސްމަގުން ދޭހަކޮށް ދެނީ، އެމެރިކާ އާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާތެރިކަން އިތުރުވެ، އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިއަށްވުރެ ވަރުގަދަ އަދި ފުޅާ ދާއިރާއެއްގައި އަސްކަރީ ފިޔަވަޅު ތަކެއް އެޅުމަށް ތައްޔާރު ވަމުންދާ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *