ހަނގުރާމަ ފިނިކުރާ މަޝްވަރާއަށް ސައުދީ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން ޕާކިސްތާނަށް

ހަނގުރާމަ ފިނިކުރާ މަޝްވަރާއަށް ސައުދީ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން ޕާކިސްތާނަށް

އިރާނާ ގުޅުންހުރި ހަނގުރާމައިގެ މަސްރަޙާ ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގައި މަޝްވަރާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުންނަށް ޕާކިސްތާނަށް މިއަދު ވަޑައިގަންނަވާނެއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރުގެ ދައުވަތަކަށް މި ތިން ޤައުމުގެ ޚާރިޖީ ވަޒީރުން އިސްލާމްއާބާދަށް ވަޑައިގައިގެންނަވާއިރު، މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ސަރަޙައްދީ މަސްރަޙު ފިނި ކުރުމަށާއި، އިރާނާ ގުޅިފައިވާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަތުރުފުޅުގައި ވަޒީރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޕާކިސްތާނުން މިހާރު ދަނީ އިރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއީ އިރާނާއެކު އޮންނަ ޒަމާންވީ ގުޅުމާއި، ގަލްފުގެ ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމުގެ ބޭނުން ހިފައިގެންނެވެ.

މި ބައްދަލުވުމަކީ މެދުއިރުމަތީގެ ހަމަޖެހުމަށްޓަކައި އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *