އެމްޑީޕީގެ އިސްވެރިންނަށް ފުވައްމުލަކުން ހޫނު މަރުހާބާއެއް

އެމްޑީޕީގެ އިސްވެރިންނަށް ފުވައްމުލަކުން ހޫނު މަރުހާބާއެއް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅަށް އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުހާބާއެއް ކިޔައިފިއެވެ.

މި ދަތުރާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުވައްމުލަކަށް ވަޑައިގަތުމުން އެ ރަށުގެ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން ވިދާޅުވި ހޫނު މަރުހާބާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އަދި އިންތިޚާބުގެ ކެމްޕޭނުގައި ދެވަނަ ފަހަރަށް ފުވައްމުލަކަށް ވަޑައިގެންނެވިއިރު، ރަށުން ފެންނަނީ ކުރިއަށްވުރެ ބޮޑު ޖޯޝާއި ފޯރިއެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ފުވައްމުލައް ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ "ތިލަފަތުގެ" ކެންޑިޑޭޓުން، އިރާދަކުރެއްވިއްޔާ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

މީގެ އިތުރުން، ފުވައްމުލަކު ބަހުން ޝާހިދު ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ލީޑަޝިޕަށް ފުވައްމުލަކުން ދީފައިވާ މަރުހަބާއިން އެނގެނީ ރަންރީންދޫ ކުލަ  އެރަށުގައި ގަދަކޮށް އޮތްކަން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *