ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރުން ފީ ނަގަން އީރާން ތައްޔާރުވަނީ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރުން ފީ ނަގަން އީރާން ތައްޔާރުވަނީ

ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމަށް ކަނޑައެޅި ބިލެއް، އީރާންގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މުހިންމު ނުކުތާ

މި ވަގުތު ހުރްމުޒް ކަނޑުއޮޅި، އެމެރިކާ އަދި އިސްރާއީލުގެ މަޞްލަޙަތު ހިމެނޭ އާގުބޯޓުފަހަރަށް ވަނީ ބަންދުކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމަށް ބިލެއް ފަރުމާ ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް، އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ މަދަނީ ދާޚިލީ ކަންކަމާ ބެހޭ ކޮމިޓީގެ މުގައްރިރު ހާމަކުރައްވައިފައި ވެއެވެ. ފާރިސް އަދި ތަސްނީމް ނޫސް އޭޖެންސީ ބުނި ގޮތުގައި، ޤާނޫނީ ޓީމުން ދަނީ ބިލުގެ އެންމެ ފަހުގެ މަރުހަލާތައް ފުރިހަމަ ކުރަމުންނެވެ.

މި ބިލުގެ މަޤްސަދަކީ، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އީރާނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ހަރަދު ހަމަޖެއްސުން ކަމަށާއި، ދުނިޔޭގެ އެހެން ކަނޑުއޮޅިތަކުގައި ވެސް މި ފަދަ ފީތައް ނެގޭ ކަން ބިލު ހުށަހެޅި ފަރާތުން ފާހަގަ ކުރިއެވެ.

އީރާނާ ދެކޮޅަށް ފެބްރުވަރީ 28 ގައި ފެށި ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް ދަނީ ގަދައަޅައި މަސައްކަތް ކުރައްވަމުންނެވެ. 15 ނުކުތާއެއްގެ ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ ކަން ކަށަވަރު ވި ނަމަވެސް، ނުރަސްމީ ވާހަކަތައް ބިނާ ވެފައި ވަނީ ފަސް ޝަރުތެއްގެ ކަށަވަރުކަން ލިބިގަތުން ހިމެނޭ ގޮތަށް ކަމަށް ރިޕޯޓުތައް ބުުނެއެވެ.

ދެމަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ފެބުރުވަރީ 28 ގައި އެމެރިކާއިން ހަނގުރާމަ ފެށި ފަހުން އީރާންގެ މަޝްވަރާގެ ބާރު އިތުރަށް ގަދަވެފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. އީރާނާއެކު "އުންމީދީ" މަޝްވަރާތަކެއް ފަށްޓަވާފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވި ނަމަވެސް އީރާނުން ވަނީ އެ ކަން ދޮގުކޮށްފައެވެ.

ނަމަވެސް، މިޞްރާއި ޕާކިސްތާނުން މެދުވެރިވެގެން ދެ ޤައުމުގެ ދެމެދުގައި ނުރަސްމީ މަޝްވަރާތަކެއް ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *