އީރާނާ ވާހަކަ ދައްކަން ބޭނުން ވިޔަސް މިހާރު އެތަނުގައި މީހަކު ނެތް: ޓްރަމްޕް

އީރާނާ ވާހަކަ ދައްކަން ބޭނުން ވިޔަސް މިހާރު އެތަނުގައި މީހަކު ނެތް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ، އެމެރިކާ އިން އީރާނާ ވާހަކަ ދެއްކުމަށް ބޭނުންވާ ކަމަށެވެ.

ނަމަވެސް ފާއިތުވި ހަފުތާތަކުގައި އެމެރިކާ އާ އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން، އީރާނުގެ ލީޑަރޝިޕްގެ ބޮޑު ބައެއް ނެތިގޮސްފައިވާތީ، ވާހަކަ ދައްކާނެ ފަރާތެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރެމެން ބޭނުން އެ މީހުންނާ ވާހަކަ ދައްކަން، އެކަމަކު ވާހަކަ ދައްކާނެ މީހަކު ނެތް. އަހަރެމެންނަށް މިވަނީ ވަރަށް އުނދަގޫ ވަގުތަކާ ކުރިމަތިވެފައި،" ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ ކަނޑުގެ ސިފައިންނާ، ވައިގެ ސިފައިންނާ، އެންޓި-އެއާކްރާފްޓް ސިސްޓަމްތަކާ، ރާޑާ ސިސްޓަމާ، ލީޑަރޝިޕް ވެސް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ.

"މިހާރު އެ ގައުމުގައި ލީޑަރަކަށް ވާން ބޭނުންވާ އެކަކުވެސް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *