އީރާނުގެ ޤައުމީ ސަލާމަތާބެހޭ ވެރިޔާ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަ ވެއްޖެ

އީރާނުގެ ޤައުމީ ސަލާމަތާބެހޭ ވެރިޔާ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަ ވެއްޖެ

އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ ވެރިޔާ ޢަލީ ލަރިޖާނީ، އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދު ވެއްޖެކަން އީރާނުގެ އަސްކަރިއްޔާ އިން ކަށަވަރު ކޮށްދީފިއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފަށާފައިވާ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި އޭރު ހުންނެވި އާޔަތުالله ޢަލީ ޚާމަނާއީއާއި އޭނާގެ ޢާއިލާއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުން ވަނީ ޝަހީދުވެފައެވެ.

ލަރިޖާނީ ވެގެން ގޮސްފައި މި ވަނީ ޚާމަނާއީ އަވަހާރަވި ފަހުން ޝަހީދުކޮށްލާފައިވާ އީރާނުގެ ސަރުކާރުގެ އެންމެ އިސް ފަރާތަށެވެ.

ލަރިޖާނީ ޢާންމު ތަނެއްގައި އެންމެ ފަހުން ފެނިވަޑައިގެންނެވީ، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، މި މަހުގެ 13 ވަނަ ދުވަހު ތެހްރާންގައި ބޭއްވި އަލް-ޤުދުސް ހިނގާލުުމުގައެވެ. ލަރިޖާނީ ވަނީ އެ ހިނގާލުުމުގައި، ހިތްތަކުގައި ދިރިގެން ހުރި ރުޅިވެރިކަން ޢާންމުންނާ ހިއްސާ ކުރައްވައި، އެމެރިކާ އާއި އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ލަރިޖާނީ އަކީ ދިގު ތަޖުރިބާ ހުރި، ތެހްރާންގެ ސިޔާސީ ދަނޑިވަޅުތަކުގައި ވެސް ކެތްތެރި ހިތްވަރެއް ދެއްކެވި ލީޑަރެކެވެ. 2008 ން 2020 ވަނަ އަހަރާ ދެމެދު، ތިން ދައުރު ވިދިވިދިގެން ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ ގޮތުގައި ހިދުުމަތް ކުރެއްވިއިރު، ހުޅަނގާ ކުރި ނިއުކްލިޔަރ މަޝްވަރާތަކުގައި ވެސް ލަރިޖާނީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ފެބްރުއަރީ 28ގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތައް ފެށުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ލަރިޖާނީ އެމެރިކާއާއެކު ނުސީދާ މަޝްވަރާތަކެއް ކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އަދި ފެބްރުއަރީ މަހުގެ ތެރޭގައި، ޢުމާން މެދުވެރިވެ ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އޭނާ ވަނީ އެމެރިކާއިން ވަކި ހުށަހެޅުމެއް އީރާނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ،

ހަނގުރާމައެއް ފެށުމުގައި ޔަހޫދީންގެ ހީލަތްތެރި ރޭވުމުގެ ދަށުން މަޝްވަރާތަކަށް ހުރަސްއަޅައި، ފިތުނަ އުފައްދަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *