ޕީއެސްއެމްގެ ޕްރޮގްރާމް ތަކުން ފުރުސަތު ނުދޭކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަށް ރައްދުދީފި

ޕީއެސްއެމްގެ ޕްރޮގްރާމް ތަކުން ފުރުސަތު ނުދޭކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަށް ރައްދުދީފި

ދެ ބޮޑު އިންތިޚާބު، އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު، އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ވޯޓަށް ހޭލުންތެރިކުރުވުމަށް ޕީއެސްއެމުން ގެނެސްދޭ ޕްރޮގްރާމުތަކުގައި ފުރުސަތު ނުދޭ ކަމަށްބުނެ، އެމްޑީޕީ ދެއްކި ކަންބޮޑުވުންތަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރައްދު ދީފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބްއާ ބައްދަލު ކުރުމަށް، އެމްޑީޕީ މިއަދު ޕީއެސްއެމް ހިންގާ އިމާރާތަށް ދިޔައިރު، އަހްމަދު ޝަކީބް ހުންނެވީ ސައުދީ އަރަބިއްޔާގައި އުމްރާ ދަތުުރެއްގައި ކަމަށް ރިސެޕްޝަނުން ވަނީ ބުނެފައެވެ.

އިސްވެރިޔަކާ ބައްދަލު ކޮށްދިނުމަށް އެދިގެންވެސް ކުރިއަށް ނުދިއުމުން، ރިސެޕްޝަނުގައި ތިބެ ޝަކީބް އިސްތިއުފާ ދެއްވުމަށް ގޮވާލާ، އެ ޕާޓީން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ޕީއެސްއެމުން ބުނި ގޮތުގައި، ހޭލުުންތެރި ކުުރުުމުގެ ޕްރޮގްރާމް ތަކަކީ ފަންނީ އަދި އިޖްރާއީ މައުުލޫމާތު ގެނެސްދޭ ޕްރޮގްރާމް ތަކަކަށް ވާތީ، ފުުރުސަތު ދެނީ ކުުރީގެ ޚާއްސަ މަޖިލީހުގައި ތަޖުރިބާ ލިބިފައިވާ ބޭފުުޅުންނަށް ކަމަށެވެ. އަދި، މިހާތަނަށް ހިންގި އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލުުކުރާ ފަރާތަކަށް ފުުރުުސަތު ދީފައި ނުވާ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

ޕީއެސްއެމުން ވަނީ، ވަކި ފަރާތަކަށް ނުޖެހި ހިންގާ ޕަބްލިކް ސާވިސް މީޑިއާ ހިންގުުމަށް ކުުރާ މަސައްކަތަށް ހުރަސް ނޭޅުުމަށް އެމްޑީޕީ ކިބައިން ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *