859 ފަތުރުވެރިންނާއެކު ކުރޫޒްލައިނާ "ވަސްކޯ ޑަ ގާމާ" އުލިގަމަށް ބަނދަރު ކޮށްފި

859 ފަތުރުވެރިންނާއެކު ކުރޫޒްލައިނާ "ވަސްކޯ ޑަ ގާމާ" އުލިގަމަށް ބަނދަރު ކޮށްފި

ސްރީލަންކާގެ ކޮލަމްބޯއިން ފުުރި ކްރޫޒް ލައިނާ "ވަސްކޯ ޑަ ގާމާ" އިއްޔެ ހއ. އުލިގަމަށް ބަނދަރުުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި އުުޅަނދުުގައި ދަތުުރުުކުރި 859 ފަސިންޖަރުުންނާއި 489 ފަޅުުވެރިންނަށް ސީޕޯޓް ޑިވިޒަންގެ އޮފިސަރުުން ވަނީ ކްލިއަރެންސް ފުރިހަމަ ކޮށްދީފައި ކަމަށެވެ. އިތުުރުުކޮށް، 23 ފަޅުުވެރިއަކާއި 12 ފަސިންޖަރަކު ރަށަށް ފޭބުުމުުގެ ހުުއްދަ ވެސް ދީފައިވާ ކަމަށް ބުުންޏެވެ.

މިއަހަރު މިހާތަނަށް ރާއްޖެ އައި ކްރޫޒް ލައިނާގެ ޢަދަދު ވަނީ 9 އަށް އަރާފަ އެވެ. ރާއްޖެ އަންނަ ކްރޫޒް ލައިނާތަކުުގެ ޢަދަދު ދިޔައީ ހަލުވިކަމާ އެކު އިތުުރުވަމުުންނެވެ.

ހއ. އުލިގަމަކީ ރާއްޖެއިން އެންމެ ގިނަ ޔޮޓް ބަނދަރު ކުރާ މަންޒިލެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ.

ގިނަ ޢަދަދެއްގެ ޔޮޓް ބަނދަރުުކުުރާ ރަށެއްގެ ގޮތުުގައި ފާހަގަވާ އުުލިގަމުުގައި، ޕޯޓް ލިމިޓެޑާ ގުުޅިގެން ޔޮޓް މެރީނާ ތަރައްގީ ކުުރުުމުުގެ މަސައްކަތް ފަށާފައިވެ އެވެ. ހަމަ އެ ހިސާބުުގައި، ބައިނަލްއަގްވާމީ ބަންކަރިން ޚިދުުމަތާ ގުޅިގެން ބޭރު ގައުުމުުތަކުުގެ އުުޅަނދްތަކަށް ހިދުުމަތް ދިނުުމަށް ހާއްސަ އިމިގްރޭޝަން އޮފީހެއް ވެސް ދިޔައީ ތައްޔާރުުވަމުުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *