ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފި އެވެ.
ޖުމުލަ 322 މިލިއަން ރުފިޔާ ބެހުމަށް ކަނޑައެޅިފައިވާ މި އަދަދަކީ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ނިންމި އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރު ދިނީ ހިއްސާއަކަށް 55 ރުފިޔާ އެވެ.
ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ބައިވެރިވެވޭނީ ސީދާ ހާޒިރުވެގެން، އޮންލައިންކޮށް، ނުވަތަ ޕްރޮކްސީ މެދުވެރިކޮށެވެ. ތިން ގޮތުން ކުރެ ކޮންމެ ގޮތަކަށް ބައިވެރިވިޔަސް، ރަޖިސްޓްރޭޝަން ފުރިހަމަ ކުރަން ޖެހޭ ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:00 އެވެ.
ޖަލްސާގައި ޑިވިޑެންޑް ފާސްކުރުމުގެ އިތުުރުުން، އޮޑިޓަރުުން ހޮވުުމާއި، ބޯޑު ޑިރެކްޓަރުުން އައްޔަން ކުުރުުމާއި، ބޯނަސް ހިއްސާ ދޫ ކުުރުުމާ ބެހޭ ގޮތުން ވެސް ވޯޓު ނެގޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.





