ތިންކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
މީގެ ކުރިން ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ޖެނުއަރީ ކަމުގެ ހަތަރު ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައު ހެންވޭރު ގެއެއް ބަލައިފާސްކޮށް، އެ ގެއިން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އއ. ފެރިދޫ އިހްރާމްގެ އާއިޝަތު މާޝާ އަހުމަދު (20އ) އާއި ޅ. ނައިފަރު ފަލަކް ޝާއިން އަލީ (27އ) ހައްޔަރުކުރި ކަމަށެވެ.
މީގެ ކުރިންވެސް އެ ދެމީހުން ބަންދުގައި ބައިތިެއްބުމަށް ކުރިމިނަލް ކޯޓުން ވަނީ އަމނުރުކޮށްފައެވެ.
ނަމަވެސް އެ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ މި މައްސަލައިގައި ހިމެނޭ މާޝާގެ ބަންދުގެ މުއްދަތުރު ކުރުމަށެވެ.
އިއްޔެގެ ކޯޓު އަމުރުގައި ވަނީ އަންނަ އޭޕްރީލް މަހުގެ ނުވަނަ ދުވަހާ ހަމައަށް އޭނާ ބަންދު ކުރުމަށެވެ.





