އީރާން، އިޒްރޭލް ހަނގުރާމައިގެ ފައިދާ ކުރަނީ ރަޝިޔާއަށް: އެންޓޯނިއޯ

އީރާން، އިޒްރޭލް ހަނގުރާމައިގެ ފައިދާ ކުރަނީ ރަޝިޔާއަށް: އެންޓޯނިއޯ

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޯސްޓާ ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ 11 ދުވަސްވީ ހަނގުރާމައިގެ ސަބަބުން ފައިދާވަނީ ހަމައެކަނި ރަޝިޔާއަށެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގުތައް އުފުލި، ޔޫކްރެއިންގެ ހަނގުރާމައަށް ދެމުންދާ ސަމާލުކަމާއި އަސްކަރީ އެހީތައް ވަނީ މަދުވެފައެވެ. މިއީ ރަޝިޔާއަށް ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފަންޑު ހޯދުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ހޯރްމޫޒް ކަނޑުއޮޅިން ތެލާއި ގޭސް ދަތުރުކުރުން ގާތްގަނޑަކަށް ހުއްޓިފައިވުމުން، ތެލުގެ އަގު އުފުލި ދުނިޔޭގެ ގިނަ ސިނާޢަތްތަކަކަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ ފޯނުން ގުޅުއްވައި، އީރާނާއި ޔޫކްރެއިންގެ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޔޫރަޕުން ބޭނުންވާނަމަ ދިގު މުއްދަތަކަށް އަލުން ތެލާއި ގޭސް ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ތެޔޮ އުފައްދާ ބައެއް ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމާފައިވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ ތެރޭގައި ރަޝިޔާގެ މައްޗަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއިކޮށްދިނުން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެމެރިކާއިން ވަނީ އިންޑިއާއަށް ރަޝިޔާއިން ތެޔޮ ވިއްކުމަށް އަޅާފައިވާ ފިޔަވަޅުތަކަށް 30 ދުވަހުގެ ލުޔެއްވެސް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *