ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން، ދައުލަތެއްގެ ވެރިއަކަށް ސީދާ ހަމަލާދިނުމަކީ ނުރައްކާތެރި ނަމޫނާއެއް: މެލޭޝިޔާގެ ބޮޑުވަޒީރު

ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން، ދައުލަތެއްގެ ވެރިއަކަށް ސީދާ ހަމަލާދިނުމަކީ ނުރައްކާތެރި ނަމޫނާއެއް: މެލޭޝިޔާގެ ބޮޑުވަޒީރު

މެލޭޝިއާގެ ބޮޑުުވަޒީރު އަންވަރު އިބްރާހިމް، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ކުުށްވެރިކޮށް، ސަރަހައްދީ ހަމަޖެހުުމަށް ސަމާލުވުުމަށް ގޮވާލައްވައިފިއެވެ.

އެކްސްގައި ޕޯސްޓްކުރެއްވި ބަޔާނެއްގައި ބޮޑުުވަޒީރު ވިދާޅުުވީ، "ޚާމަނާއީ އަވަހާރަކޮށްލި ޢަމަލު ހިތްހަމަ ޖެހިގެން ބަލައިގަންނަ ފަރާތްތަކަށް، ހަމަ ހިނދުުން ހިނދަށް ކުުރިވެ ދިއުުމަށް ނޭނގޭ ނަތީޖާތަކެއް ކުުރިމަތިވެދާނެކަން ހަނދާނުގައި ބަހައްޓަންވާނެ". ބޮޑުވަޒީރު ވިދާޅުވިއެވެ.

ދައުުލަތެއްގެ ވެރިއަކަށް ސީދާ ހަމަލާ ދިނުުމަކީ ނުރައްކާތެރި ނަމޫނާ ދެއްކުުމެއް ކަމަށްވެސް އަންވަރު ވިދާޅުުވިއެވެ.

ބޮޑުުވަޒީރު ވިދާޅުުވީ، އެންމެބޮޑު ކަންބޮޑުުވުުމަކީ، ގަލްފު ސަރަހައްދާ މެދުއިރުމަތީ ގައުުމުުތަކުގައި ތިބި މެލޭޝިއާ ރައްޔިތުުންގެ ރައްކާތެރިކަން ކަމަށެވެ. "އެގައުމުތަކުގައި ހުރި ހުރިހާ މިޝަންތަކަކަށް ފުުރިހަމައަަށް ވަސީލަތްތައް ދީފައިވާނެ ކަމަށް ވެސް ވިދާޅުުވިއެވެ.

ހޯރުމޫޒް ކަނޑުުއޮޅިން ވިޔަފާރި ދަތުުރުުކުުރުުމަށް ނުުރައްކާ ވެދިއުުމާ ގުޅިގެން، ވިޔަފާރިއާ ހަކަތައިގެ ސަލާމަތަށް ކުުރިމަތިލައިފާނެ ހިރާސްތައް ވަޒަންކުުރުުމަށް ސަރުުކާރުން ތައްޔާރުވަމުުންދާ ކަމަށް ވެސް އަންވަރު ވިދާޅުުވިއެވެ.

އަދި ބަޔާން ނިންމާލައްވަމުން ވަގުތުން ހަނގުރާމަ ހުއްޓައިލައި، ޑިޕްލޮމެސީ ހިޔާރު ކުުރުުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލެއްވިއެވެ. "ހަތިޔާރުން ހައްލެއް ނުލިބޭ. ހިތްވަރު، ކެތްތެރިކަމާ ސިޔާސީ ހިތްވަރު ބޭނުންވޭ،" އޭނާ ވިދާޅުުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *