ނިއުގެ ކޯޗަކަށް ސްޕޭންގެ އަންދްރޭ ހަމަޖައްސައިފި

ނިއުގެ ކޯޗަކަށް ސްޕޭންގެ އަންދްރޭ ހަމަޖައްސައިފި

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި ސްޕެއިންގެ ތަޖްރިބާކާރު ކޯޗު ފްރެންސިސްކޯ މެނުއަލް ކައީންޒޮސް (އަންދްރޭ) އާ، ހެޑް ކޯޗުކަން ހަވާލުކުރަން ކްލަބުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ، ނިއުގެ ހެޑް ކޯޗު ކަމުގައި ހުރި ތަޖްރިބާކާރު ކޯޗު އަލީ ސުޒޭން، އާއިލީ ސަބަބަކާ ހުުރެ، މަގާމުން ވަކިވުމުންނެވެ. ސުޒޭންގެ ކޯޗިންގައި ނިއު ވަނީ މި ސީޒަންގެ ލީގު ތިންވަނައިގައި ނިންމައި، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލަށް ދަތުުރު ކޮށްފައެވެ.

ކްލަބްގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް ހާމަ ކުުރި ބަދަލާ ގުޅިގެން، ނިއުގެ ރައީސް މުބީން ވަނީ ސުޒޭން ކްލަބަށް ކޮށްދެއްވި ހިދްމަތްތަކަށް ޝުކުރު ދަންނަވާފައެވެ.

ތަޖްރިބާ ގިނަ ހުނަރުވެރި ކޯޗެއްގެ ގޮތުގައި ފެންނަ އަންދްރޭ، ކްލަބްގެ ހެޑް ކޯޗްކަމަށް ހަމަ ކުުރުމުގެ ފަހަތުގައިވަނީ ފަހި ގަދަ ޒަމާނެއް ކްލަބަށް ހޯދައިދިނުުމުގެ ހިތްވަރެވެ. ކްލަބްގެ މެނޭޖްމަންޓްގެ ވިސްނުުމަކީ، "ފަހުރުުވެރި ނިއު ރޭޑިއަންޓް އަލުުން ރަސްކަމަށް ގެންދިޔުުން" ކަމަށް ކްލަބުން ވަނީ ހާމަ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *