އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި، އެކަމުގެ ބަދަލު ހިފާނެ ކަމުގެ ހަރުކަށި އިންޒާރު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ދެއްވައިފިއެވެ.
ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ޕެޒެޝްކިއާން ވިދާޅުވީ، ޚާމަނާއީ އަވަހާރަކޮށްލި އަމަލަކީ އިސްލާމީ އުންމަތާއި ޝީއީ ތާރީހުގައި ވެސް އައު ސަފްހާތަކެއް ހުޅުވިގެންދިއުމުގެ ސަބަބެއް ކަމަށެވެ. ޚާމަނާއީގެ ލޭ ފޮދު، އެމެރިކާ އާއި ޒަޔަނިސްޓުންގެ ޖަރީމާތައް ނައްތާލުމަށް ލިބުނު އައު ހިތްވަރަކަށްވާނެ ކަމަށް ވިދާޅުވިއެވެ.
ޕެޒެޝްކިއާން ވިދާޅުވީ، ހަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި އަމުުރު ކުރި ފަރާތްތަކަށް "ހިތާމަ ކުރަން ޖެހޭ ފަދަ ވަރުގަދަ ރައްދެއް" ދޭނެ ކަމަށެވެ. "ފަސް ޖެހުމެއް ނެތް ވަރުގަދަ އަޒުމެއްގައި، އިސްލާމީ އުންމަތާ ދުނިޔޭގެ މިނިވަންކަމަށް ލޯބިކުރާ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، ބަދަލު ހިފާނެ" ކަމަށް ވިދާޅުވިއެވެ.
ޚާމަނާއީ ނިޔާވުމާ ގުޅިގެން، 40 ދުވަހުގެ ހިތާމަ ފާޅުކުުރުުމުގެ މުުއްދަތެއް ސަރުުކާރުުން ވަނީ އިއުލާންކޮށްފައެވެ. ރައްޔިތުންނާ ސަރުުކާރު ގުޅިގެން ހިތާމަ ފާޅުުކުުރުުމުގެ ގޮތުން، ހަތް ދުވަހަށް ސަރުުކާރުގެ ހުރިހާ ތަނެއް ބަންދުުކުުރުުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.





