އިޒްރޭލާއި އެމެރިކާ ގުޅިގެން ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ، 86، އަވަހާރަވެފައިވާކަން، ކުރިން ދޮގުކޮށްފައިވީ ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިޔާ ވަނީ ކަށަވަރުުކޮށްދީފައެވެ.
ހަމަ އެ ހަމަލާތަކުގައި ޚާމަނާއީގެ ދަރިކަނބަލުންނާއި ދަނބިދަރިފުޅާއި ކާފަ ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.
ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ހުރިހާ ލަނޑުދަނޑިތައް ހާސިލްވަންދެން، ހަފްތާއެއް ވިޔަސް ބޭނުންވާ ހާ ދިގު މުއްދަތަކަށް ބޮން އެޅުން ކުރިއަށް ދާނެ ކަމަށެވެ. ދިވެހި ރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް ގެދަލިބި ހިތާމަވެރި ހަމަލާތަކެއް ގެ ތެރޭގައި، ދެކުނު އީރާނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 108 ކުއްޖަކު ވަނީ ނިޔާވެފައެވެ. ޖުމްލަ 201 މީހަކު 24 ޕްރޮވިންސަކުން ނިޔާވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ޚާމަނާއީ ދިރިހުންނެވިކަން ކަށަވަރުުކޮށްދިން ތަސްނީމް ނިއުސް ފަދަ ވަސީލަތްތައް ފަހުން ވަނީ ތަސްދީގު ބަދަލްކޮށްފައެވެ. ކުރިން ދިން ބަޔާންތަކުގައި، ފޮރިން މިނިސްޓަރ އަރަގްޗީ ވިދާޅުވީ "ގާތްގަނޑަކަށް ހުރިހާ ވެރިން ސަލާމަތުން ތިއްބެވި" ކަމަށެވެ. ނަމަވެސް ފަހުން ހާލަތު ބަދަލްވީއެވެ.
ބައިނަލްއަޤްވާމީ ބޮޑެތި ބައެއް މީޑިއާތަކުން ވެސް ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެމެރިކާއާ އިޒްރޭލް ގުޅިގެން އިއްޔަ ދިން ހަމަލާތަކުގައި ޚާމަނާއީގެ ގަނޑުވަރުކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފަ އެވެ.
ޓްރަމްޕް ވިދާޅުވީ މިއީ އީރާނުގެ ރައްޔިތުންނަށް ގައުުމު އަނބުރާ ހޯދުމަށް ލިބޭ އެންމެ ބޮޑު ފުުރުސަތު ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލްކުުރެވޭނެ ކަމަށް ގަބޫލު ނުުކުުރާ ކަމަށް، ފޮރިން މިނިސްޓަރ ވިދާޅުުވިއެވެ.
އެމެރިކާއާއި އިސްރާއީލާއެކު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ޚާމަނާއީ އަވަހާރަކޮށްލައިފިނަމަ އަމަލުކުރާނެ ގޮތުގެ ރޭވުންތައް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ކުރިން ރާވާފައި އޮތް ނަމަވެސް، އޭނާ އަވަހާރަކޮށްލުމަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ގޯސްވެ، ފުޅާވެދާނެ ކަމުގެ ބިރުވެރިކަމާއި ނޭނގޭ ކަންތައްތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބެލެވެ އެވެ.





