ޔަމާލްގެ ހެޓްރިކާ އެކު ބާސެލޯނާ އިން ވިލަރެއާލް ފަހަތަށް ޖައްސާލައިފި

ޔަމާލްގެ ހެޓްރިކާ އެކު ބާސެލޯނާ އިން ވިލަރެއާލް ފަހަތަށް ޖައްސާލައިފި

ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މެޗުގައި ވިލަރެއާލް 4-1 ގެ ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއްވަނައިގެ ލީޑު އިތުރަށް ފުޅާކޮށްފިއެވެ.

މިމެޗުގެ ތަރިއަކަށްވީ ބާސެލޯނާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. ތިން ލަނޑު ކާމިޔާބުުކޮށް ހެޓްރިކް ހަދައި، ބާސެލޯނާ ޖާޒީގައި ޔަމާލްގެ ފުރަތަމަ ހެޓްރިކް ރެކޯޑު ބައްޓަން ކުރިއެވެ. ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވޮންޑަސްކީ އެވެ. ވިލަރެއާލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޕަޕޭ ގުއޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔަމާލް އެވެ.

ލީގު ތާވަލަށް ބަލާއިރު، 26 މެޗުން 64 ޕޮއިންޓާ އެކު ބާސެލޯނާ އޮތީ އެއްވަނައިގައެވެ. 25 މެޗުުން 60 ޕޮއިންޓް ހޯދި ރެއާލް މެޑްރިޑް ދެވަނައިގައި އޮތްއިރު، 26 މެޗުުން 51 ޕޮއިންޓާ އެކު ވިލަރެއާލް ތިންވަނައިގައި އޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *