އިރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދު ކޮށްފި

އިރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދު ކޮށްފި

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ހިމަ ނާރު ކަމަށް ބެލެވޭ 'ސްޓްރެއިޓް އޮފް ހޯމޫޒް' ނުވަތަ ހޮރުމޫޒު ކަނޑުއޮޅި، އިރާނުން ކުއްލި ގޮތަކަށް ބަންދުކޮށްފިއެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީއާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ވަގުތުން ފެށިގެން އެއްވެސް އުޅަނދަކަށް މި ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދައެއް ނޯންނާނެއެވެ.

އިރާނުން މި ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގައި އުފެދިފައިވާ ސަރަޙައްދީ ނުތަނަވަސްކަމާއި، ދެވޭ ހަމަލާތަކާ ގުޅިގެން ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މި ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މައި މަގަށް ވުމުން، އިރާނުގެ މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިޤްތިޞާދީ ގޮތުން ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. ވަކިން ހާއްސަކޮށް، މިއީ ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރަށާއި ސަރަޙައްދީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ނިންމުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި ބައިނަލްއަޤުވާމީ އިދާރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ހާލަތުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *