އީރާނަށް އެންމެ ބުއްދިވެރި ގޮތަކީ އަމާންދިނުން: ޓްރަމްޕް

އީރާނަށް އެންމެ ބުއްދިވެރި ގޮތަކީ އަމާންދިނުން: ޓްރަމްޕް

އެމެރިކާ-އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިކަމަށާއި، އީރާން ސިފައިންނަށް ދެން އޮތް ހަމައެކަނި ގޮތަކީ އެމެރިކާއަށް އަމާންދިނުންކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ވީޑިއޯ ޕޯސްޓެއް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އީރާނުގެ ނުރައްކާތެރިކަމާ ގުޅިގެން ދިފާއީ ބޭނުމުގައި ފެށި ހަނގުރާމައެއް ކަމަށެވެ. "އަމާންދިނުމުން ހަނގުރާމަ ނިންމާލަން ވަރަށް ފަސޭހަވާނެ. ނުދިނިއްޔާ، ހުރިހާ ލަޝްކަރެއް ފުނޑާލާނަން،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރޭ ފަތިހު ފެށި ހަމަލާތަކުގައި، ތަފްސީލްތައް ހިމެނޭ ގޮތަށް، ރިޔާސީ ގަނޑުވަރަށް ހަމަލާ ދިންކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ރައީސް ބަޒިޝްކިޔާންއަށް ގެއްލުމެއް ނުލިބި ސަލާމަތްވެ ވަޑައިގެންނެވިކަމަށް ވެއެވެ. އިޒްރޭލުން ވަނީ ހަމަލާތަކުގައި ބައިވެރިވިކަން ރަސްމީކޮށް ކަށަވަރުކޮށްދީ، "މިއީ ދެ ގައުމު ގުޅިގެން ކުރާ ހަނގުރާމައެއް" ކަމަށް ބުނެފައެވެ.

އީރާނުގެ ސިފައިން ވަނީ ރައްދު ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. "ހަނގުރާމަ ފެށީ ތިޔަ ބަޔަކު. ނިންމާނީ އިރާނުން،" ކަމަށް ބަޔާނުގައި ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުގެ ސްޓްރެޓެޖިއަކީ ރައްދު ހަމަލާ ވަގުތުން ނުދީ، ފުރިހަމަ ތައްޔާރީތަކަށްފަހު ބޮޑު ގެއްލުމެއް ދިނުމެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުގެ މިސައިލް ހަމަލާތަކެއް ވަނީ އިޒްރޭލުގެ ޖަލީލް ސަރަހައްދަށް ވެސް އަރާފައެވެ. ހަމަލާތަކަށް ބިރުން ތިއްބަވާ، ގިނަ ޔަހޫދީ ރައްޔިތުން ވަނީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދަފައެވެ.

ހަނގުރާމަ ފެށިފައިވަނީ، ދެ ގައުމުގެ ދެމެދު ނިއުުކްލިއަ މައްސަލައިގެ ޑިޕްލޮމެޓިކް ވާހަކަތައް ކުުރިއަށް ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *