އެމެރިކާ އާއި އިޒްރޭލް ގުޅިގެން ހޮނިހިރު ދުވަހު ފެށި ވަރުގަދަ ވައިގެ ހަމަލާތަކުގެ ތެރޭގައި، އީރާންގެ ދެކުުނުގެ ހޯމޮޒްގާން ޕްރޮވިންސްގެ މިނާބް ސިޓީގައި ހުންނަ "ޝަޖަރަތު ތައްޔިބާ" ނަމަށް ކިޔާ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަށް ހަމަލާ ދިނުމުގެ ސަބަބުން 51 ދަރިވަރަކު ޝަހީދުވެ 60 ދަރިވަރަކަށް ޒަހަމްތައް ލިބިފައިވެއެވެ. ހަމަލާ ދިން ވަގުތު ސްކޫލްގައި 170 ދަރިވަރަކު ތިބިކަމަށް ވެއެވެ. ޒަހަމްވި ދަރިވަރުންގެ އުމުުރަކީ 7 އާއި 12 ދެ ދެމެދުކަމަށް ވެއެވެ.
ތެހްރާން، ކާބުލް، ޕަކްޓިއާ ސިޓީތަކަށް ވެސް ހަމަލާތައް ދީފައިވެއެވެ. އީރާންގެ ފޮރިން މިނިސްޓްރީ ބުނީ ހަމަލާތަކުގައި ތަފާތު ސިޓީތަކުގެ ސިފައިންގެ ތަންތަނާއި ދިފާއީ ވަސީލަތްތަކާއި އާންމު ތަންތަނަށް ވެސް ހަމަލާ ދިންކަމަށެވެ.
އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުުވީ، "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި ފެށި މި ހަމަލާތަކުގެ ބޭނުުމަކީ އިރާންގެ ކެޕޭސިޓީ ހަލާކުކޮށް، ނިއުުކްލިއަ ހަތިޔާރު ހޯދުމުގެ ފުުރުސަތު ނައްތާލުން ކަމަށެވެ.
ހަމަލާތަކަށް ރައްދު ދިނުުމުގެ ގޮތުން، އީރާންގެ ރިވޮލިއުުޝަނަރީ ގާޑުން ވަނީ ސަރަހައްދުގައި ހުުރި އެމެރިކާ ބޭސްތަކަށް ޑްރޯންތަކާ މިސައިލްތައް ފޮނުުވާލާފައެވެ. ބަހްރެއިންގައި ހުުރި ޔޫ.އެސް ނޭވީ 5ވަނަ ފްލީޓްގެ ހެޑްކްއާޓަރ ހިމެނޭ ހިސާބަށް ވެސް ހަމަލާ ދިންކަމަށް ބަހްރެއިން ސަރުކާރުން ކަށަވަރު ކޮށްދިނެވެ.
ބައިނަލްއަގްވާމީ ރެޑް ކްރޮސްގެ ރައީސް ވިދާޅުުވިގޮތުގައި، ހަމަލާތަކުގެ ސަބަބުުން ސަރަހައްދު "ނުުރައްކާތެރި ސިލްސިލާ ހަމަލާތަކެއްގެ ތެރެއަށް" ވެއްޓިދާނެ ކަމުގެ ބިރު ވަނީ ހީވެފައި ކަމަށެވެ.





