ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައިފި އެވެ.

މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަކުރީ، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ދެ ޓީމު ވަރަށް ވާދަވެރި ކުޅުމެއް ދެއްކި މި މެޗު، ޕެނަލްޓީ ޖަހައިގެން ނިންމަންޖެހި، 6-5 ގެ ނަތީޖާ އަކުން ޗެމްޕިއަންކަން ހޯދީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

މެޗު ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޓީމު ގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ސަލާމް ކުރައްވައިފަ އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ، 1946 ވަނަ އަހަރު، މިހާރުން ފެށިގެން 80 އަހަރު ކުރިންނެވެ. ދިވެހި ފުޓުބޯޅައިގެ ތާރީހުގައި ދިގު ތާރީހެއް އޮތް މި މުބާރާތަކީ، ރާއްޖޭގެ އެންމެ ޝަރަފުވެރި އެއް ފުޓުބޯޅަ މުބާރާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *