ހުޅުމާލޭ އެޕާޓްމެންޓެއްގައި ރޯވެ 5 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލޭ އެޕާޓްމެންޓެއްގައި ރޯވެ 5 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ހުޅުމާލެ އެޕާޓް މެންޓެއްގައި ރޯވި ހާދިސާގައެއްގައ ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނީ، ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ކަމަށެވެ.

ވަގުތީ ބީހިޔާވަހިކަން ދިނީ އެ އެޕާޓްމަންޓްގައި އުޅޭ ފަސް މީހަކަށް ކަމަށްވެސް ބުނެފައިވެއެވެ.

އެ ހާދިސާ ހިނގާފައިވަނީ ވަން އެވެނިއުގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބަދިގޭގައި ކަމަށާއި، އެ ހާދިސާގައި އެ އެޕާޓްމަންޓްގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *