އެމެރިކާ ސިފައިންނަށް 5 ހާސް ކައްވަޅު އީރާނުން ތައްޔާރު ކޮށްފި

އެމެރިކާ ސިފައިންނަށް 5 ހާސް ކައްވަޅު އީރާނުން ތައްޔާރު ކޮށްފި

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމަށް މަސައްކަތްކުރާ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް، އެ ގައުމުގެ ވެރިރަށް ތެހެރާނުގައި ފަސްހާސް ކައްވަޅު ތައްޔާރު ކޮށްފިކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މި ވަރުގަދަ މެސެޖު ފޮނުވާފައިވަނީ އެ ގައުމު ވަށައިގެންވާ ސަރަހައްދު ތަކުގައި ތިބި އެމެރިކާގެ އަސްކަރީ ބާރު ތަކަށެވެ.

ތެހެރާނުގެ އެންމެ ބޮޑު ސަހަރާ ކަމަށްވާ ބެހެޝްތު-އޭ ޒަހުރާގެ ވެރިޔާ ވިދާޅުވީ، އެމެރިކާގެ ސިފައިން، އީރާނުގެ މި ކައްވަޅު ތަކުގައި ވަޅުލެވެން ބޭނުންވާ ނަމަ އީރާނާ ތޮޅުމަށް ވަގުތުން އައުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ "އަވަހަށް އަންނާށެވެ" މިފަދައިން ބުނެ އީރާނުން އެމެރިކާއަށް ގޮންޖަހާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ތަރުޖަމާނަކު ވިދާޅުވީ، އީރާނުން ހަނގުރާމައަކަށް އުންމީދު ނުކުރި ނަމަވެސް، ކޮންމެ ފަދަ ހާލަތަކަށްވެސް ހުރިހާ ދާއިރާއަކުން އީރާނު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ހަނގުރާމައެއް ފެށިއްޖެ ނަމަ، ތައްޔާރުކޮށްފައިވާ މި ސަހަރާއަކީ ދުޝްމަނުންނަށް "އަރާމުކުރަން" އޮތް ތަނަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މިއީ އީރާނާ ދެކޮޅަށް ދެން ދުވަހަކުވެސް ތެދުވަން ނުކެރޭނެ ފަދަ ވަރުގަދަ މެސެޖެއް އެމެރިކާއަށް ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިސްލާމީ އުސޫލުތަކާއި ގައުމީ ސިޔާދަތު ދިފާއުކުރުމުގައި އީރާނުން އެއްވެސް ދުލެއް ނުދޭނެކަން މި އަމަލުން ހާމަވެގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *