ސީއެޗްއެސްއީ މާލޭން ފުރިހަމަ ރެކޯޑަކާއެކު، ޑައިމަންޑް ޖުބްލީ 19 އަހަރުން ދަށުގެ ކަޕް ކާމިޔާބު ކޮށްފި

ސީއެޗްއެސްއީ މާލޭން ފުރިހަމަ ރެކޯޑަކާއެކު، ޑައިމަންޑް ޖުބްލީ 19 އަހަރުން ދަށުގެ ކަޕް ކާމިޔާބު ކޮށްފި

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅުނު ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލޭން ފުރިހަމަ ރެކޯޑަކާއެކު ކަށަވަރުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުގައި ސީއެޗްއެސްއީ މާލޭން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (އޭއައިއެސް) ޓީމު 4-1 އިން ބަލިކޮށް، ޗެމްޕިއަންކަން ހޯދިއެވެ.

ދެވަނަ ހާފުގައި މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެންދިޔައެވެ. ސީއެޗްއެސްއީ މާލޭން ލީޑުނެގީ އަހުމަދު މިކްޔާލް (މިކީ) ޖެހި ޕެނަލްޓީއަކުންނެވެ. އަހުމަދިއްޔާ އިން ނަތީޖާ ހަމަހަމަކުރީ ވެސް ޕެނަލްޓީއަކުން، އަލީ އަލާން ޖެހި ލަނޑުންނެވެ.

ސީއެޗްއެސްއީ މާލޭން ދެވަނަ ފަހަރަށް ލީޑުނެގި ލަނޑު ޖެހީ އިސްމާއިލް ޝާމިލް އެވެ. މުހައްމަދު ޝާއިމް އިބްރާހިމް ފާއިޒް ޖެހި ލަނޑުން ލީޑު ފުޅާކުރިއިރު، މެޗުގެ ފަހު ލަނޑު ޖެހީ މޮޅު ކުޅުންތެރިޔާ މިކީ އެވެ. އޭނާ އަކީ 19 އަހަރުން ދަށުގެ ޓީމާއި އޮޑި ސްޕޯޓްސް ކްލަބްގެ ވެސް ކުޅުންތެރިއެކެވެ.

ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެސް ސީއެޗްއެސްއީ މާލެ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގިނަ މަގާމު މިކީ އަށް ލިބުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަހުމަދު އެވެ. އޭނާ އަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިއެކެވެ.

ސީއެޗްއެސްއީ މާލޭގެ ކޯޗަކީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ.

މިއީ ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުގައި ވެސް މުހިންމު މުބާރާތެކެވެ.

ޒުވާން ގައުމީ ޓީމުގެ ކޯޗަކީ ގައުމީ ސީނިއާ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީ އެވެ. އޭނާ ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ބަލައި، އެނަލައިސިސްތައް ހަދައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *