ބޮޑު ތަފާތަކުން ދެއްވަދޫ ބަލިކޮށް ގޯލްޑަން ފުޓްސަލް ތަށި ނާވައިދޫ ހޯދައިފި

ބޮޑު ތަފާތަކުން ދެއްވަދޫ ބަލިކޮށް ގޯލްޑަން ފުޓްސަލް ތަށި ނާވައިދޫ ހޯދައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައި، ދިވެހިރާއްޖޭގެ ފުޓްސަލް ރަސްކަމުގެ މަގާމު ކަށަވަރުކޮށްފިއެވެ.

މިރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލްގައި ނައިވާދޫ ޗެމްޕިއަންކަން ހޯދީ ގދ. ދެއްވަދޫ 9-3 ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.

މެޗުގެ 15 ސުކުންތުގައި ރާހިލްގެ ލަނޑުން ދެއްވަދޫ ލީޑު ނެގިއެވެ. އެކަމަކު އަހްމަދު ހަމީދު (އައްމަޑޭ)ގެ ހިލޭ ޖެހުމުން ނައިވާދޫ އަވަހަށް އެއްވަރުކުރިއެވެ. އައްމަޑޭއާއި ޝާފިއު (ޝާއްޕެ) ގެ ލަނޑުތަކުން ނައިވާދޫ ފުރަތަމަ ހާފު 4-1 ލީޑުގައި ނިންމާލިއެވެ.

ފުރަތަމަ ހާފުގައި ދެއްވަދޫއަށް ތިން ޕެނަލްޓީ ލިބުނު ނަމަވެސް، ނައިވާދޫ ކީޕަރު ނާޖިހު ތިން ޕެނަލްޓީވެސް މަތަކުރިއެވެ.

ދެވަނަ ހާފުގައި ނައިވާދޫ ކުރިއަރަމުން ގޮސް، ޝާއްޕެ ހެޓްރިކް ހަދައި 9-3 ގެ ނަތީޖާއިން މެޗު ނިންމާލިއެވެ.

މިއީ ގޯލްޑަން ފުޓްސަލްގެ ޒޯން 1 ތަށި ނައިވާދޫން ހޯދި ހަތަރު ވަނަ ފަހަރެވެ (2018، 2023، 2025، 2026). މުބާރާތުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ނައިވާދޫ ފައިނަލްގައި ކުޅުނެވެ. މިދިޔަ އަހަރު ރަނަރަޕްވީ ކ. ކާށިދޫއާއެކު ކުޅުނު ފައިނަލުންނެވެ.

ނައިވާދޫން ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 2016، 2018، 2019، 2022، 2023، 2024، 2025 އަދި 2026 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *