ހޮވަންވީ ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން، މެޖޯރިޓީ ދޭންވީ ޕީއެންސީއަށް: ގާސިމް

ހޮވަންވީ ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން، މެޖޯރިޓީ ދޭންވީ ޕީއެންސީއަށް: ގާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އޮތުން މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް މ. ކުނޫޒުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ނިންމުމަކީ މި ސަރުކާރަށް ތާއީދު ދިނުމުގައި ދެމިއޮތުން ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާމިގިލީ ދާއިރާ ފިޔަވައި އެހެން އެއްވެސް ދާއިރާއަކަށް އެ ޕާޓީން ކެންޑިޑޭޓުން ނުނެރޭނެ ކަމަށާއި، އެހެން ހުރިހާ ދާއިރާއަކުން ޖުމްހޫރީ ޕާޓީގެ ތާއީދު އޮންނާނީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު އިޢުލާނު ކުރެއްވިއެވެ.

ސަރުކާރަށް ތާއީދު ކުރަން ނިންމި ސަބަބުތައް ހާމަ ކުރައްވަމުން ޤާސިމް ވިދާޅުވީ، ކޮންމެ ރައްޔިތަކުވެސް އެދެނީ ރަށާއި ޤައުމަށް ތަރައްޤީ ލިބުން ކަމަށެވެ. އަދި އެ ތަރައްޤީ ހޯދޭނީ ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، ރައީސް މުޢިއްޒު ވަނީ ޤައުމު ހަމަމަގަށް ގެންނެވުމުގައި އެމަނިކުފާނުގެ ލީޑާޝިޕާއި ޤާބިލްކަން ސާބިތުކޮށްދެއްވާފައި ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

"ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ ޤާބިލްކަން ދައްކަވާފައި. އެފަދަ ލީޑަރަކަށް ފުރުޞަތު ނުދޭންވީ އެއްވެސް ސަބަބެއް ނެތް،" ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ޖަލްސާގައި ޤާސިމް ވަނީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެމްޑީޕީ ވެރިކަމަށް އައި ކޮންމެ ފަހަރަކު އެޕާޓީ ވަކާލާތުކުރާ ޑިމޮކްރްޓިކް ހަމަތައް މުގުރާލާ ކަމަށް ވިދާޅުވިއެވެ. އަދި އެޕާޓީއަށް ވެރިކަން ލިބުމުން ވައްކަމާ ހިޔާނާތްވެސް ރަނގަޅު ވާކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޤައުމުގެ މަޞްލަޙަތު އޮތީ ސަރުކާރަށް މެޖޯރިޓީ ދީގެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *