ކުޑަކުދިން ބޯ ކިރަކުން ވިހަ މާއްދާއެއް ފެނިއްޖެ

ކުޑަކުދިން ބޯ ކިރަކުން ވިހަ މާއްދާއެއް ފެނިއްޖެ

ތުއްތު ކުދިން ބުއިމަށް ބޭނުންކުރާ ކިރަކުން ވިހަ މާއްދާއެއް ފެނިއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ވިހަ މާއްދާ ފެނިފައި ވަނީ "ބޭބީ ބަޔޯ" ފޯމިއުލާގެ ބައެއް ބެޗު ތަކުން ކަމަށެވެ. މިއީ ފްރާންސްގެ އުފެއްދުމެކެވެ. އެ އޮތޯރިޓީން ބުނީ މި ކިރުން ފެނިފައިވާ ވިހަ މާއްދާއަކީ "ސެރެއުލައިޑް" ނަމަކަށް ކިޔާ ވިހަ މާއްދާއެއް ކަމަށެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިފައިވަނީ "ބޭބީ ބަޔޯ" ފޯމިއުލާގެ ކިރު ވިއްކަން ބާޒާރަށް ނެރެފައިވާ ހުރިހާ ފަރާތަކުންވެސް މި ކިރު މިހާރުން މިހާރަށް ނެގުމަށެވެ. އަދި މި ކިރު ބާޒާރުން ނެގުމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިންވެސް އާންމުކޮށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ކިރުގައިވާ "ސެރެއުލައިޑް" ވިހަ މާއްދާއަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށެވެ. އެ މާއްދާއިން ތަޢައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެ ނަމަ، މޭ ނުބައިކޮށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި ކިރު ރާއްޖެ އެތެރެކުރުމާއި ވިއްކުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *