އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ތެރޭގައި އޮތްއިރު ޑްރައިވަރަށް ކުނި ޖަމާ ކުރަމުން ދެވުނީ މަރުވި މީހާގެ ހަށިގަނޑާވެސްއެކު!

އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ތެރޭގައި އޮތްއިރު ޑްރައިވަރަށް ކުނި ޖަމާ ކުރަމުން ދެވުނީ މަރުވި މީހާގެ ހަށިގަނޑާވެސްއެކު!

ކ. ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބަންގަލަދޭޝް މީހާ މަރުވެފައި ވަނީ ކުނިނަގަން އުޅުނު އެކްސްކަވޭޓަރުން ޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.

އެމީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ކުނި ތަކެއްގެ ތެރެއިންނެވެ. ފުލުހުން ބުނީ އަމީން މިއާ ކިޔާ، މި ބްގަލަދޭޝް މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރި ވެފައިވަނީ މި ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި ގެންނެވެ.

އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުން އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލު ކުރެވި، މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން މި ހާދިސާ ހިނގީ ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *