ޓްރަމްޕް ދެކެ ބިރެއްނުގަނޭ، ބިރުގަންނަނީ ހަމައެކަނި الله އަށް: ޚާމަނާއީ

ޓްރަމްޕް ދެކެ ބިރެއްނުގަނޭ، ބިރުގަންނަނީ ހަމައެކަނި الله އަށް: ޚާމަނާއީ

މެދުއިރުމަތީގައި ހަނގުރާމައެއް ހަމަ ދެންމެދެންމެ ފެށިދާނެހެން ހީވާ މި ދަނޑިވަޅުގައި އީރާނުން ޓްރަމްޕުގެ ސައިޒަކީ ސުމެއް ކަމަށް ބުނެ ހަޖޫ ޖަހައިފިއެވެ.

އީރާނުން ޓްރަމްޕަކީ ސުމެކޭ ބުނީ، ނިއުކްލިއާ މަޝްރޫޢު ވަގުތުން ހުއްޓާލުމަށް އީރާނަށް އަމުރުކޮށް، އަދި އިސްރާއީލުގެ ސަލާމަށް ގެއްލުންވާ އެއްވެސް ކަމެއް ނުވަތަ ބިރެއް އީރާނުން ދައްކައިފި ނަމަ އީރާނަށް ޙަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމުން، އެކަމާއި ވިދިގެންނެވެ.

އީރާނުން ބުނީ ޓްރަމްޕު ކިތަންމެ ވަރަކަށް ބުންޏަސް އަދި ބިރު ދެއްކިޔަސް އެކަމަކާ އީރާނެއް ނުސިހޭނެ ކަމަށާއި، ބިރު ގަންނަނީ ހަމަ އެކަނި ހެއްދެވި ފަރާތް ދެކެ (الله ސުބުޙާނަހޫ ވަތަޢާލާ ދެކެ) ކަމަށެވެ.

ޓްރަމްޕް ބުނީ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމް މުޅިން ހުއްޓާލައި އެ ހުރިހާ ތަނެއް ރޫޅާލުމަށެވެ. މި ޝަރުޠުތަކަކީ އީރާނަށް ނިއުކްލިއާ ހަތިޔާރުގެ ޤާބިލްކަން ހޯދައިދިނުން ހުއްޓުވުމާއި، އެމެރިކާގެ އެކުވެރި ޤައުމުތަކަށާއި ސަރަޞައްދުގެ މަސްލަޙަތުތަކަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ކަމަށް ވޮޝިންޓަނުން ބުނެއެވެ.

މީގެ އިތުރުން ޓްރަމްޕްގެ ޓީމުން ބުނީ ހިޒްބުالله، ޙަމާސް އަދި ޙޫޘީން ފަދަ ޖަމާޢަތްތަކަށް ތާއީދު ކުރުން ހުއްޓާލައި، މިސައިލް ތަކުގެ ބާރުމިން ދަށް ކުރުމަށް އެއްބަސް ވުމަށެވެ.
އީރާނުން ވަނީ އެ ހުރިހާ ކަމަކަށް ސީދާ ދެކޮޅު ހަދާފައެވެ. ސުޕްރީމް ލީޑަރު ޚާމަނާއީ ވިދާޅުވީ އީރާނުގެ ކަންކަމާއި ބޭރުގެ ޤައުމުތަކުން ބެހިގެން ނުވާނެ ކަމަށެވެ. މިހެން ކިޔައި އީރާނުން ވަނީ ޓްރަމްޕަށް ހެޓަކަށް ދީފަ އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *