ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި ރާއްޖޭގެ އެންމެ ބޮޑު ލީގުގެ އެންމެ ކާމިޔާބު ޓީމަކަށް މާޒިޔާ ވެއްޖެއެވެ.
މާޒިޔާ އިން ޖެހިޖެހިގެން ފަސް ވަނަ ސީޒަނުގައި ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ލީގު ނެގީ 2016 ވަނަ އަހަރު އެވެ.
މާޒިޔާގެ ކާމިޔާބާ އެކު އެ ޓީމުން ވަނީ ރާއްޖޭގެ ލީގުގެ ރެކޯޑްގައި ނިއު ރޭޑިއަންޓާ އެއްވަރަށް އެ އައްޑަނަ މިހާރު ހޯދާފަ އެވެ. ދެހާސްވަނަ އަހަރު ތައާރަފު ކުރި ދިވެހި ލީގު ހަތަރު ފަހަރު ނިއުއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ރާއްޖޭގެ މައި ލީގު ބަދަލުކުރި ފަހުން ނިއުއިން ވަނީ ދެ ފަހަރަށް މުބާރާތުގެ އައްޑަނަ ހޯދާފަ އެވެ.




