އާސެނަލް، ލިވަޕޫލް, ޗެލްސީ އަދި ސިޓީ ދެވަނަ ބުރަށް

އާސެނަލް، ލިވަޕޫލް, ޗެލްސީ އަދި ސިޓީ ދެވަނަ ބުރަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އާސެނަލް އާއި މެންޗެސްޓަރ ސިޓީ އާއި ޗެލްސީގެ އިތުރުން ލިވަޕޫލް އިން ހޯދައިފި އެވެ.

ރޭ ކުޅުނު މެޗުގައި އާސެނަލް އިން 3-2 ގެ ނަތީޖާއަކުން ކައިރަޓް ބަލިކޮށް ލީގުބުރުގެ ޓޭބަލްގެ އެއްވަނަ ކަށަވަރުކޮށްފައިވެއެވެ. އާސެނަލް ވަނީ ޖުމުލަ 24 ޕޮއިންޓް ހޯދާފައެވެ.

މެންޗެސްޓަރ ސިޓީ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ތުރުކީގެ ގަލަތަސަރާއީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި ނަތީޖާ އާއިއެކު ސިޓީ އަށް ވަނީ ފުރަތަމަ ބުރުގައި ކުޅުނު އަށް މެޗުން ޖުމްލަ 16 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފަ އެވެ.

ލިވަޕޫލް އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގަރަބަގް އާއި ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ޗެލްސީ އިން ގަދަ އަށެއްގައި ހިމެނި ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ އިޓަލީގެ ނަޕޮލީ އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *