އެމެރިކާއިން ހަމަލާދީފިނަމަ މަނަވަރުތައް ފައްތާލާނަން: އީރާން

އެމެރިކާއިން ހަމަލާދީފިނަމަ މަނަވަރުތައް ފައްތާލާނަން: އީރާން

މިހާރު އީރާނާއި ދިމާލަށް ދަތުރުކުރަމުންދާ އެމެރިކާގެ ލަޝްކަރަށް އީރާނުން އިންޒާރު ދީފިއެވެ.

ބައެއް ނުރަސްމީ މަސްދަރުތަކުން އީރާނާއި ހަވާލާދީ ބުނެފައިވާ ގޮތުގައި އެމެރިކާ އިން އީރާނަށް ހަމަލާ ދީފި ނަމަ، އީރާނުގެ ކަނޑުގެ އަސްކަރީ ފުލީޓުން ފޯކަސް ކުރާނީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރު ފައްތާލުމަށެވެ. އީރާނުގެ ސަބްމެރިންތައް އޮތީ ފުރިހަމަ ތައްޔާރީ ހާލަތުގައެވެ.

ބައެއް މަސްދަރު ތަކުން ބުނާ ގޮތުގައި ޚާމަނާއީ މިހާރު ވަނީ ބިންގަރާހުގައެވެ. ފާއިތުވީ ހުކުރު ދުވަހުން ފެށިގެން ޚާމަނާއީ ދަތުރު ކުރައްވަމުން ގެންދަވާ މަގުތައްވެސް ވަނީ ސިއްރު ކޮށްފައެވެ.

ބެލެވޭ ގޮތުގައި އީރާނުގެ ޙާލަތު ކޮންޓްރޯލް ކުރުމުގައި ޚާމަނާއީ މިވަގުތު އިރުޝާު ދެމުން ގެންދަވަނީ ސަލާމަތީ ގޮތުން ރައްކާތެރި ބިންގަރާހެއްގައި ހުންނަވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *