އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރަނީ

އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރަނީ

ބްލަޑް ބޭންކް’އިން ލޭ ހުސްވާން ގާތްވެފައިވާތީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން، ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގުޅިގެން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ކުރިއަށްގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ.

މިއީ، ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެކެވެ. މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *