މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ދެމީހަކު ގެއްލިގެން ހޯދަނީ

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، ދެމީހަކު ގެއްލިގެން ހޯދަނީ

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި ބަޔަކު ގެއްލި، އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ބުނީ، ބޯޓު ބަންޑުން ޖަހާލީ ހަތަރު މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އޭގެތެރެއިން ދެމީހަކު ފެނިފައިވާއިރު، އަދިވެސް ދެ މީހުން ނުފެންނަ ކަމަށާއި، އެ ދެމީހުން ހޯދަމުން އަންނަ ކަމަށް ބުންޏެވެ.

ބަންޑުން ޖަހާލީ "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު ބަންޑުންވީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށެވެ. އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން، ޑައިވަރުންގެ ޓީމެއް އެ ސަރަހައްދުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *