އަހަރުގެ ފުރަތަމަ ކްރޫޒް ޝިޕުގައި ރާއްޖެއަށް 970 މީހުން

އަހަރުގެ ފުރަތަމަ ކްރޫޒް ޝިޕުގައި ރާއްޖެއަށް 970 މީހުން

ހާހަކާއި ގާތްކުރާ އަދަދެއްގެ މީހުންނާއެކު އަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް ރާއްޖެ އައިސްފިއެވެ.

މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް، އެމްއެސްކްރިސްޓަލް ސިފަނީ ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހުއެވެ. މި ކްރޫޒް ޝިޕްގައި 479 ފަތުރުވެރިންނާއި، 491 ފަޅުވެރިން އައިސްފައިވެއެވެ. މިއާއެކު މި ކްރޫޒް ޝިޕުން ރާއްޖެ އައި މީހުންގެ ޖުމްލަ އަދަދު 970 އަރައެވެ. މިއަހަރު ރާއްޖެއިން މަރުޙަބާކީ ފުރަތަމަ ކްރޫޒް ޝިޕް އައިސްފައިމިވަނީ ސީޝެލްސްއިންނެވެ.

 

މި ކްރޫޒް ޝިޕުން އައި ފަރާތްތަކަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާއާ ދިމާކޮށް ރާއްޖެއަށް، ކްރޫޒް ޝިޕްތަކާއި އެނޫންވެސް ގޮތްގޮތުން އަންނަ ފަތުރުވެރިން އިތުރުވެއެވެ. އެގޮތުން މިއަހަރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނައިރު، އަހަރުގެ މިހާތަނަށް 93،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *