ސައުދީގެ ހަތަރު ސަރަހައްދަކުން 40 ބިލިއަން ޑޮލަރުގެ އަގުހުރި ރަން ފެނިއްޖެ

ސައުދީގެ ހަތަރު ސަރަހައްދަކުން 40 ބިލިއަން ޑޮލަރުގެ އަގުހުރި ރަން ފެނިއްޖެ

ސައުދީ އަރަބިއްޔާގެ މައިނިންގ ކުންފުނި، މާދަން (Ma’aden) އިން ކުރިއަށްގެންދިޔަ ހޯދުންތަކުން އެ ގައުމުގެ ހަތަރު ސަރަހައްދަކުން ޖުމްލަ 7.8 މިލިއަން އައުންސްގެ ރަން ފެނިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މާދަން ކުންފުނިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި އާ ހޯދުންތަކަކީ މިހާރު ރަން ނަގަމުންދާ މައިންތަކާއި، އަލަށް ހޯދި ސަރަހައްދުތަކުން ފެނުނު ރަނެވެ. މި ހޯދުންތަކުގެ ތެރޭގައި ހިމެނޭ މަންސޫރާ މަސައްރާ (Mansourah Massarah) ސަރަހައްދުން އެކަނިވެސް އަހަރަކު 3.0 މިލިއަން އައުންސްގެ ރަން އިތުރުވެފައިވެއެވެ. މީގެ އިތުރުން އުރުގް (Uruq) އަދި އުންމު އަލް ސަލާމް (Umm As Salam) އިން 1.67 މިލިއަން އައުންސް، އަދި ވަދީ އަލް ޖައްވު (Wadi Al Jaww) އިން 3.08 މިލިއަން އައުންސްގެ ރަން ވަނީ ފެނިފައެވެ.

މި ކުރިއެރުމަކީ އެ ކުންފުނިން ކުރިއަށްގެންދިޔަ ފުޅާ ދާއިރާއެއްގެ ކޮނުމުގެ މަސައްކަތްތަކުން ލިބުނު ނަތީޖާއެކެވެ. އަހަރީ ރިޕޯޓަށް ބަދަލުތައް ގެނައުމުގެ ކުރިން، ކޮނުމުގެ މަސައްކަތުން ފާހަގަވި ގޮތުގައި 9 މިލިއަނަށްވުރެ ގިނަ އައުންސްގެ ރަން މި ސަރަހައްދުތަކުގައި ހުރިކަން ވަނީ ދެނެގަނެވިފައެވެ.

ސައުދީގެ ސެންޓްރަލް އެރޭބިއަން ގޯލްޑް ރީޖަން (CAGR) ގައި ކުރި މަސައްކަތުން އާ މައުދަންތައް ހުރި ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާއިރު، ތާރީޚީ މަހްދު (Mahd) ރަން މައިންގެ ކައިރިން ކުރި މަސައްކަތުން އެ ތަނުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ބޮޑުކަން ވެސް ވަނީ އެނގިފައެވެ.

ރަނުގެ އިތުރުން، އެހެނިހެން މައުދަންތައް ހޯދުމަށް ކުރި މަސައްކަތުން ޖަބަލް ޝައިބާން އަދި ޖަބަލް އަލް ވަކީލް ސަރަހައްދުން ކޮޕަރ، ނިކަލް އަދި ޕްލެޓިނަމް ފަދަ އަގުބޮޑު މައުދަންތައް ހުރިކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

މާދަން ކުންފުނިން ބުނި ގޮތުގައި މި ހޯދުންތަކުން ދޭހަވަނީ ސައުދީ އަރަބިއްޔާގައި މައުދަންތައް ނެގުމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމާއި، އެ ގައުމުގެ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *