ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި ޖޫރިމަނާ މާފުކޮށްދިނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984 ރުފިޔާ އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4984 ރުފިޔާ އެވެ.
އެޗްޑީސީން މީގެ ކުރިން ހިޔާ ފްލެޓްތަކުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،000 އެއްހާ ފްލެޓުންނެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މާފުކޮށްދީފައިވާއިރު ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮޒިޓް ވެސް މިދިޔަ ހަފުތާއިން ފެށިގެން ވަނީ ކުޑަކޮށްފަ އެވެ.




