ރިއަލް އެސްޓޭޓުގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރަން އެބަ މަސައްކަތް ކުރަން: ޒަމީރު

ރިއަލް އެސްޓޭޓުގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރަން އެބަ މަސައްކަތް ކުރަން: ޒަމީރު

ރިއަލް އެސްޓޭޓުގެ ތެރެއިން ރާއްޖެއިން ބޭރުވާ ފައިސާ މަދުކުރަން އެބަ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ތަރައްގީގެ 206 މަޝްރޫއެއް ހަވާލުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ރިއަލް އެސްޓޭޓުގެ ވިޔަފާރީގެ ތެރެއިން ފައިސާ ހޯދައިގެން ރާއްޖެއިން ބޭރު ކުރަމުންދާ ކަމަށެވެ. އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ އެހެންވެގެންކަމަށް ޒަމީރު ވިދާޅުވި އެވެ.

"މިކަން ބަދަލުކުރުމަށް މާލީ ވުޒާރާއިން މިހާރު ވާނީ ރިއެލް އެސްޓޭޓް ސިނާޢަތާއި ގުޅޭ ކޮންޓްރެކްޓަރުންނާއި ސްޕްލަޔަރުންނާއި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ދައުލަތުގެ ހިއްސާ އޮތް ކަމާއިބެހޭ ކުންފުނިތަކަށް އަންގާފައި. ހަމައެއާއެކު ނޭޝަނަލް ޓެންޑާ ބޯޑުންނާއި މަސްއޫލުވެރި ފަރާތްތަކަށް ވާނީ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް 100 ކޮންޓްރެކްޓެއް ހަވާލުކޮށްފައި." ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ޓެކްސް ދައްކާ ދިވެހި ކުންފުނިތައް ނަގާ ކޮޅަށް ޖަހައި އެކުންފުނިތައް އާ އުސްމިންތަކަށް ގެންދިއުން ކަމަށެވެ. އަދި މިކަމުންވެސް ދައްކުވައިދެނީ ސަރުކާރުން ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ދޭ އިސްކަން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *