ހުޅުމާލޭ ހިޔާ ޓަވަރަކުން މީހަކު ވެއްޓި، މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:32 ހާއިރު ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ ފިރިހެނެއް ކަމަށާއި އޭނާ މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އެއީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.






