މީޑީއާ ކޮމިޝަންގެ ރައީސްގެ މަގާމަށް ފަރުސަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މީޑީއާ ކޮމިޝަންގެ ރައީސްގެ މަގާމަށް ފަރުސަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުސަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ މަގާމަށް ފަރުހަތު އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެެރެއިން 49 މެންބަރުން ވޯތު ދެއްވައިގެންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ.

ފަރުސަތަކީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅި މެންބަރުންގެ ތެރެއިން މެންބަރެކެވެ.

އަލަށް އަމަލު ކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.

ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި ތިން މެންބަރުން:

މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސްސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫއައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފިކޮމިޝަނުގައި ހިމެނޭ އިންތިހާބީ މެންބަރުން:

އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *