މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމާތީ ޓީއެމްއޭގެ ޕައިލެޓުން ދަތުރުކުރުން ހުއްޓާލަނީ

މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމާތީ ޓީއެމްއޭގެ ޕައިލެޓުން ދަތުރުކުރުން ހުއްޓާލަނީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދޭއިރު، މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން އެ ކުންފުނިން ނިންމުމާއެކު، ޓީއެމްއޭގައި މަސައްކަތްކުރާ ހުރިހާ ޕައިލެޓުން ދަތުރު ކުރުން ހުއްޓާލަން ނިންމައިފިއެވެ.

ޓީއެމްއޭގެ ޕައިލެޓުން ބުނީ މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމުމާއެކު، ޕައިލެޓުން ނިންމާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުކުރުން ހުއްޓާލަން ކަމަށެވެ. އެކަން ޕައިލެޓުން ވަނީ މެނޭޖްމަންޓަށްވެސް މިހާރު އަންގާފައި ކަމަށްވެއެވެ.

ޓީއެމްއޭއިން މުވައްޒަފުންނަށް އަންގާފައި ވަނީ އަންނަ އޮގަސްޓް މަހުން ފެށިގެން މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 80 ޕަސެންޓް ދެންވެސް ދޭނީ ޑޮލަރުން ކަމަށް އަންގާފައިވެއެވެ.

މީގެކުރިން ޕައިލެޓުންނަށް މުސާރަ ދެމުން އައި މުޅިންވެސް ޑޮލަރުންނެވެ. ޕައިލެޓުން އަންގާފައި ވަނީ ކުރިން އޮތްގޮތަށް އެކަން ބަދަލު ނުކުރަނީސް ދަތުރު ނުކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *