ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި

ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި

ބަންގިއާއި ގަމަތާއި  ދެމެދު އޮންނަ ވަގުތު ދިގުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ބަންގިއާއި ގަމަތާއި ދެމެދު އޮންނަ ވަގުތު ދިގުކުރަން ނިންމީ، މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާއި ދެމެދު ހޭދަ ކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ އަންނަ 1 އޮގަސްޓުން ފެށިގެން ހުރިހާ ނަމާދެއްގައި ވަގުތު ދިގުކޮށްލުމަށް އަންގައިފައެވެ.  ދިގުކުރަން އަންގާފައިވާ ގޮތަކީ…

  • ފަތިސް ނަމާދު، 15 މިނިޓް (ކުރިން ދެނީ 10 މިިނިޓް)
  • މެންދުރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
  • އަސްރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
  • މަގްރިބް ނަމާދު، 8 މިނިޓް (ކުރިން ދެނީ 7 މިނިޓް)
  • އިޝާ ނަމާދު، 10 މިނިޓް (ކުރިން ދެނީ 7 މިނިޓް)
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *