ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި

ބަންގިއާއި ގަމަތާ ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި

ބަންގިއާއި ގަމަތާއި  ދެމެދު އޮންނަ ވަގުތު ދިގުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން ކައުންސިލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނީ ބަންގިއާއި ގަމަތާއި ދެމެދު އޮންނަ ވަގުތު ދިގުކުރަން ނިންމީ، މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާއި ދެމެދު ހޭދަ ކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ އަންނަ 1 އޮގަސްޓުން ފެށިގެން ހުރިހާ ނަމާދެއްގައި ވަގުތު ދިގުކޮށްލުމަށް އަންގައިފައެވެ.  ދިގުކުރަން އަންގާފައިވާ ގޮތަކީ…

  • ފަތިސް ނަމާދު، 15 މިނިޓް (ކުރިން ދެނީ 10 މިިނިޓް)
  • މެންދުރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
  • އަސްރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
  • މަގްރިބް ނަމާދު، 8 މިނިޓް (ކުރިން ދެނީ 7 މިނިޓް)
  • އިޝާ ނަމާދު، 10 މިނިޓް (ކުރިން ދެނީ 7 މިނިޓް)
ހިޔާލުފާޅު ކުރައްވާ!

4 Responses

  1. ތީވަރަށް ރަނގަޅު ކަމެއް ޚުޝޫޢަތް ތެރިކަމާއި އެކު ސުންނަތް ކުރާނެ ވަގުތެއް މިހާރުނުލިބޭ ބައެއް މިސްކިތް ތަކުގައި ބަންގި ގޮވަން 4 މިނަޓު ނަގާ ސުންނަތް ކުރަންޖެހެނީ އަވަސް އަރުވާލައިގެން.

  2. މާތް ވެގެންވާ މަސްޖިދުލްހަރަމްގަވެސް ނަމާދަށް ބަންގިގޮވުމަށްފަހު ވިހި ތިރީސްމިނިޓްވަންދެން ގަމަތްނުދީ މަޑުނުކުރޭ ގިނަފަހަރު ބަންގިއަށްފަހު ރަނގަޅަށް ސުއްނަތްވެސްނުކުރެވޭ މީދުނިޔޭގެ ހުރިހާމުސްލިމުންގެ އިމާމް އެއްމެންގެ ގިބްލަ . ނަމާދުކުރަންބޭނުންވާމީހާ ހުންނާނީ ވަގުތު ޖެހޭއިރު އެކަމަށް ތައްޔާރުވެ މިސްކިތުގަ ބަންގިގޮވީމަކާނޫން ތައްޔާރުވާންޖެހޭނީ ދެން ބަންގިގޮވުމަށްފަހު ބަޔަކު ނަމާދަށް އާދޭތޯ ބަލަން އެހެންމީހުންގެ ވަގުތުގެއްލުވާލާކަށްނުޖެހޭ ކޮންމެމީހަކީވެސް ވަރަށްބުރަކޮށް އަވަދިނެތި މަސައްކަތްކުރާބައެއް ސަރުކާރު މުވައްޒަފުންވެސް ކެއުމަށާއި ނަމާދުކުރުމަށް ދީފައޮންނަނީ ތިރީސްމިނިޓް ދެންކިހިނެއްތޯ ނަމާދުކޮށް ނިމިގެން އެހެންކަމެއްކުރާނީ ދީނުގަވެސްއޮންނަނީ އާޚިރަތްދޫކޮށް ދުނިޔެހޯދަން މަސައްކަތްނުކުރާށެވެ އަދި ދުނިޔެދޫކޮށް އާޚިރަތްހޯދަންވެސް މަސައްކަތްނުކުރާށެވެ .ނަމާދުކޮއްނިމިގެން ފެތުރިގައްނާށެވެ ކުރީޒަމާނުގަ ނަމާދުވަގުތުޖެހުނަސް އެކަންއެގޭނެމާގިނަގޮތްތަކެއްނުހުރުމާއި ބަންގީގެ އަޑުއިވުނީމަ ނަމާދުވަގުތުޖެހުނުކަންއެގެނީ މިޒަމާނަށްބަލާއިރު ކޮންމެ މީހެއްގެއަތުގަ ގަޑިއެއްއޮވޭ އެންވީމަ ކޮންމެމީހަކުވެސް ވަގުތުޖެހޭކަންއެނގި ނަމާދަށްދާން ތައްޔާރުވާނެ ރާއްޖޭގަ ވިޔަފާރިކުރާ ފިހާރަތަށް ނަމާދުވަގުތަށް ބަންދުކުރޭ ބުނެވޭގޮތުން އެއީ ނަމާދުކުރަންދޭވަގުތުކޮޅެއް އެކަމަކު އެވަގުތުގަ ނަމާދަށްދަނީ ކިތަށްމީހުންތޯ ކޮންމެމީހަކުވެސް ދުވެފަ ގޮސްވައްނަނީ ހޮޓަލަކަށް އެހެންވީމާ އޮބިއަޅައިގެން އެއްވެސްމީހަކުލައްވާ ނަމާދެއްނުކުރެވޭނެ ނަމާދުވަގުތަށޭކޖޔާފަ ފަނަރަމިނިޓް ފިހާރަބަންދުކުރުމަކީ ބޭކާރުކަމެއްކަމަށް އަޅުގަބޑަށް ގަބޫލްކުރެވެނީ

  3. އަދި ނަމާދުވެސް ދިގުނުކުރުމަށް އެންގެވުން އެދެމެވެ. މިސާލަކަށް
    1) ފަތިސްނަމާދު 12 މިނިޓް
    2) މެންދުރު ނަމާދު 8 މިނިޓް
    3) ޢަޞުރު ނަމާދު 8 މިނިޓް
    4) މަޣުރިބު ނަމާދު 8 މިނިޓް
    5) ޢިޝާ ނަމާދު 10 މިނޓް
    މިއަށްވުރެ ލަސްނުކުރުމަށް

Leave a Reply to ޣަފުރު Cancel reply

Your email address will not be published. Required fields are marked *