ކުނި ކޮތަޅަކުން ފައިވާނެއް ނެގުމުން މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކުނި ކޮތަޅަކުން ފައިވާނެއް ނެގުމުން މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ކުނި ކޮތަޅަކުން ފައިވާނެއް ނެގުމުން މުޖުތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން އަމުރުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފައިވާނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ 30 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އޭރު އެ ޒުވާނާ ހުރީ މަގުމަތީގައި އެ ފައިވާން ވިއްކުމަށެވެ.

އެ ޒުވާނާ ހައްޔަރުކޮށް މިދިޔަ ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކުރީ އެ ޒުވާނާގެ ސަބަބުން މުޖަތަމައުގެ ސަލާމަތައް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދު ކުރުމަށެވެ.

އަމުރުގައިވާ ގޮތުން އެ ޒުވާނާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރިކޯޑު އޮންނަ މީހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *